ކޮވިޑުގައި ރާއްޖެއިން މަރުވި މީހަކު ވަޅުލުމު ތެރެއިން -- ފޮޓޯ: ހަތާވީސް

ކޮވިޑް-19 ޖެހިގެން އައްޑޫ ސިޓީން މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ބަލީގައި އައްޑޫއިން މަރުވީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް އެމީހާ މަރުވީ ރޭ ދަންވަރު 02:30 ހާއިރުއެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 263 ވަނަ މީހާއެވެ. ރާއްޖޭގައި 2609 މީހަކަށް ކޮވިޑް-19 އަށް ފަރުވާދެމުން އަންނަ އިރު، 96،200 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވެއެވެ. އޭޣެ ތެރެއިން 93،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ މި ބަލީގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރަން ވެސް މިހާރު ވަނީ ރާއްޖެއިން ފެނިފައެވެ. އަދި ކަންބޮޑުވާ މިންވަރަކަށް އިންފްލުއެންޒާ ވެސް ދަނީ ފެތުރެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *