އަލަމާ-05

ދޯންޏެއް އަޑިއަށް ގޮސް، އެ ދޯނީގައި ތިބި ތިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދޭ ގޮތުގައި އަޑިއަށް ދިޔައީ ވ. ފުއްސަރު ކައިރިން ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

އަދި މި ދޯނީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ދޯންޏަކީ ފ.ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ކަމަށެވެ.  ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން އެ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓު އެ ފޯސް އަށް ލިބުނީ ރޭ 23:22 ހާއިރު ކަމަށެވެ.

އެ ދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އުޅަނދާއި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *