މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އީ-ލައިބްރަރީއެއްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މިގޮތުން ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ޖޭސްޓޯރ ލައިބަރަރީގެ ހިދުމަތެވެ. މި ޚިދުމަތ ތައާރަފްކުރީ އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހިދުމަތް ފޯރުކޮށދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރިކޮށް ހިންގަމުންދާ 14 ކޮލެޖް އަދި ޔުނިވަރސިޓީއަކަށް ޖޭސްޓޯރ ސަބްސްކްރިޕްޝަން ސެޓްފިކެޓް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ވަނީ ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން  މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް މި އަހަރު އަލަށް ހެދުނު ޕޯރޓަލްވެސް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ  ދެއްކެވި ވާހަކަފުޅުގައި ކިޔަވައިދިނުމަށް މިފަދަ ލައިބްރަރީއެއްގެ ޚިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް ލިބުމުގެ މުހިން،ުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޖޭސްޓޯރ ފަދަ އީ-ލައިބްރަރީއެއްގެ ސަރވިސް ލިބުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވާނެކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ކިޔަވައިދޭ ހުރިހާ ތަންތަނަކީ އެއް އާއިލާއެއްކަމާއި، އެގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، އޭގެ ސަބަބުން މުޖުތަމައުއަށް ވަރަށް ރަނގަޅު އަސަރެއް ކުރާނެކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަދު ތައާރަފުކުރެވުނު ޕޯރޓަލް މެދުވެރިކޮށް ތަފާސް ހިސާބު ހޯދަން ފެށުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ލިބި އަދި މިނިސްޓްރީއިން މަތީތައުލީމާއި ގުޅޭކަންކަމުގައި ހަދާ އުސޫލުތައް ހެދުމުގައި މިމައުލޫމާތުގެ ބޭނުންކުރެވި ހަރުދަނާ އުސޫލުތަކެއް ހެދިގެންދާނެކަމުގައިވެސް މިނިސްޓަރ ފާހަނގަކުރެއްވެވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ޖޭސްޓޯރ ލައިބްރަރީއިން އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖަރނަލް އަރޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *