ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް މޫވްމަންޓުގެ އައު ރެކޯޑެއް މިއަދު ހަދާފައިވާ ކަމަށް އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހު 811 އެއާޕޯޓް މޫވްމަންޓާއިއެކު ހެދުނު ރެކޯޑު އައު ވެފައި ވަނީ އިއްޔެ އެވެ. އެމްއޭސީއެލް އިން ބުނިގޮތުގައި އިއްޔެ ޖުމްލަ 826 ޓްރެފިކް މޫވްމަންޓް ރިކޯޑުކޮށްފައިވެއެވެ.
އޭގެ ތެރޭގައި 233 ރަންވޭ މޫވްމަންޓާއި، 593 ސީޕްލޭން މޫވްމަންޓް ރެކޯޑުކޮށްފައިވެއެވެ.
އައު އަހަރާ ދިމާކޮށް ފަތުރުވެރިކަމުގެ ސީޒަން ފެށިއިރު ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ އެއާޕޯޓުތަކަށް ވަރަށް ބާރުބޮޑު ދުވަސް ވަރެކެވެ. އަދި ވަކިން ހާއްސަކޮށް މި ދުވަސްވަރު ސްކޫލްތައް ބަންދުވެ ބޮޑު ބަންދުގެ ދުވަސްތަކާ ދިމާވުމުން ވެސް އެއާޕޯޓުތަކުގެ ދަތުރުތަކަށް އެނގުން ވެއެވެ.