ހުޅުމާލޭ އޯޝަން ފްރަންޓް ރެސިޑެންސްގެ ޕޫލް އަށް ވެއްޓި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

ހުޅުމާލޭގައި ހަދާފައިވާ ޕްރައިވެޓް އެޕާޓްމަންޓްތައް ދޫކުރާ އެއް އިމާރާތް ކަަމަށްވާ އޯޝަން ފްރަންޓް ރެސިޑެންސްގެ ޕޫލް އަށް ވެއްޓި މަރުވީ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނިގޮތުގައި ކުއްޖާ ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 5:10 ހާއިރެވެ. އަދި ކުއްޖާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އެންގީ 5:40 ހާއިރެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *