ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން. ޖޭއެސްސީން ކުރިޔަށްގެންދިޔަ ޖިންސީ ފުރައްސާރައާ ގުޅޭ ދިރާސާއެއް މިހާރު ނިމިފައިވާކަމަށް އެކޮމިޝަނުން ބުނޭ. ފޮޓޯ: މަޖިލިސް

މުޅި ޝަރުއީ ދާއިރާ ހިމެނޭހެން ޖިންސީ ފުރައްސާރަ އޮތް މިންވަރު ދަނެގަތުމަށްޓަކައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހެދި ދިރާސާ މިހާރު ނިމިފައިވާކަމަށާއި އަދި މިއަހަރުތެރޭ އެ ދިރާސާގެ ހޯދުންތައް އާންމުކުރާނޭކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުގެ ތަރުޖަމާނު އިޒްމީރާ ރަޝީދު 'ޖަޒީރާ' އަށް ވިދާޅުވި އެ ދިރާސާއަކީ މުޅި ޝަރުއީ ދާއިރާ ހިމެނޭހެން އަދި ކޯޓުތަކުގެ އިދާރީ މުވައްޒަފުންވެސް ހިމެނޭހެން ކުރިޔަށްގެންދިޔަ ދިރާސާއެއްކަމަށެވެ. އަދި އެދިރާސާގެ ދަށުން 2019 ވަނަ އަހަރު ކޮންސަލްޓެންޓުން ހޯދުމާއި އެހެނިހެން ޕްރިލިމިނަރީ މަސައްކަތްތައް ކުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ތެރޭ އެދިރާސާގެ މަސައްކަތް ފެށުނުކަމަށާއި މިހާރު އެ މަސައްކަތް ނިމިފައިވާކަމަށްވެސް އިޒްމީރާ ވިދާޅުވިއެވެ.

"ދެން މިދިޔަ އަހަރު އަޅުގަނޑުމެންނަށް އެމަސައްކަތް ކޮށް ނިންމިފަ ވަނީ. އެކަމަކު އަދި ރިޕޯޓު ފައިނަލްކުރުމުގެ މަސައްކަތްވެސް ކުރިޔަށް އޮންނާނެ،"

އޭނާ ވިދާޅުވީ އެ ދިރާސާގެ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ. އަދި ދިރާސާގެ ތަފާސްހިސާބުތަކާއި މައުލޫމާތުތައް އަދި ހާމަކުރެވެން ނެތްނަމަވެސް، މިއަހަރުގެ މެދެއްހާ ހިސާބު އެ މައުލޫމާތުތައް ނިންމައި ރިޕޯޓް އާންމުކުރެވޭނެކަމަށް އޭނާ ލަފާކުރެއްވިއެވެ.

ޖޭއެސްސީން ކުރިޔަށް ގެންދިޔަ އެ ދިރާސާއަކީ އެމެރިކަން ބާ އެސޯސިއޭޝަނުގެ މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ ދިރާސާއެކެވެ. ޖޭއެސްސީން މިފަދަ ދިރާސާއެއް ކުރިޔަށްގެންދިޔައިރު ބައެއް ގާޒީންނާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް މިފަހުން ވަނީ އާންމުވެފައެވެ. އެމައްސަލަތަކުގައި ބައެއް ގާޒީންނަށް ޖޭއެސްސީން ވަނީ ފިޔަވަޅުވެސް އަޅާފައެވެ.

އެ ދިރާސާ ފެށުމުގެ ކުރިން ޖޭއެސްސީންވެސް ވަނީ ފަހަކަށް އައިސް ކޯޓުތަކުގައި ޖިންސީ ފުރައްސައިގެ މައްސަލަތައް ގިނަ ކަން ފާހަގަ ކުރެވޭ ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *