ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅޭގޮތުން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
އެމައްސަލަ ހުށަހެޅީ ޖަމިއްޔަތުއް އިއްތިހާދުގެ ނަމުގައި ހިންގާ ޖަމިއްޔާއެއްކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ އެޖަމިއްޔާގެ ފަރާތުން ރައީސް ނަޝީދާއި ގުޅޭ މައްސަލައެއްގެ ސިޓީއެއް ލިބިފައިވާކަމަށެވެ.
އަދި އެސިޓީއާ ގުޅޭގޮތުން ފުލުހުން ބަލަންހުރިކަމެއްވާނަމަ އެކަމެއް ފުލުހުން ބަލަމުންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.
ޖަމިއްޔަތުއް އިއްތިހާދުން ފުލުހަށް ސިޓީ ފޮނުވާފައިވަނީ ރައީސް ނަޝީދު ރާއްޖޭގައި ޣައިރު ގާނޫނީ ފިކުރު ފަތުރަން އުޅޭކަމަށް ތުހުމަތުކޮށް އެމައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
ރައީސް ނަޝީދާއި ދެކޮޅަށް މިފަދަ މައްސަލައެއް ހުށަހެޅިއިރު، އެމަނިކުފާނަށް އަބަދުވެސް އެފަދަ ފާޑުކިޔުންތައް އަމާޒުވާކަން ފާހަގަކުރެވެއެވެ.
މުއްލާ ޖަމާތެއް ދޯ؟