މާލޭގެ ގަލޮޅުގައި ހުންނަ އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީ އެ ދެ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އެ ދެމީހުންނަކީ އދ. މާމިގިލި، ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26) އާއި ހއ. ހޯރަފުށި، އަޝްރަފީގެ، ނައުފަލް އަޙްމަދު (33) އެވެ.

ފުލުހުން ބުނީ އެމީހުން އުޅޭތަނެއް، އެމީހުންގެ އާއިލާއަށްވެސް ނޭނގޭ ކަމަށެވެ. އެމީހުން ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭ ތާރީހު ކަމުގައި ފުލުހުން ބުނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މިފަހަކަށް އައިސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކާއި އެޕާޓްމެންޓްތަކާއި ގުޅިގެން މަކަރު ހެދުމުގެ މައްސަލަތަކާއި އެޑްވާންސް ފައިސާ އަބުރާ ރައްދުނުކުރާ ކަމުގެ މައްސަލަތައް ވަނީ އިތުރުވާން ފަށައިފައެވެ. އޭގެ އިތުރުންވެސް ފޭކު ފޯނު ކޯލްތަކާއި، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ. އެކަންކަމަށް ސަމަލުވުމަށް ފުލުހުން ދަނި ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *