އައިފާނު ބިލްޑިން. ޑަޗް ކޮންސިއުލޭޓް ހުންނަނީ އެތަނުގައި.

މާލޭގައި ހުންނަ ނެދަލޭންޑްސްގެ އޮނޮރަރީ ކޮންސިއުލަށް ވަން މީހަކު އެތަނުގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި އަމިއްލައަށް ބަންދުވާން އުޅެފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ މައުލޫމާތު ލިބިފައި ވަނީ ރޭގެ ވަގުތެއްގައިކަމަށެވެ. އަދި ކޮންސިއުލޭޓް ތެރެއަށް ވަން މީހާ އުޅުނީ އެތަނުގެ އެތެރޭގައި ހުންނަ ކުޑަ ކޮޓަރިއެއް ތެރޭ އަމިއްލައަށް ބަންދުވާންކަމަށް ފުލުހުން ބުނެއެވެ.

އެމީހާ އެތަނުން ނިކުންނަން ދެކޮޅު ހަދައި، އަމިއްލަ ނަފްސަށް ގެއްލުން ދީފާނެކަމަށް ބެލެވޭތީވެ ކޮންސިއުލުން ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.

އަދި ކޮންސިއުލޭޓްގެ ހުއްދައާއެކު ފުލުހުން އެތަނުގެ އެތެރެއަށް ވަދެ، ބާރުގެ ބޭނުންކޮށްގެން އެމީހާ އެކޮޓަރިން ނެރެފައިވާކަމަށް ފުލުހުން ބުނެއެވެ. އެމީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަންވެސް ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

އެހާދިސާގައި ބެލުމުގެ ދަށަށް ގެނައި މީހާއާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. މާލޭގައި ހުންނަ ނެދަލޭންޑްސްގެ ކޮންސިއުލޭޓް ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އައިފާން ބިލްޑިންގައެވެ. ޖުމްލަ 10 ބުރީގެ އެ އިމާރާތުގައި ގިނަ އަދަދެއްގެ އޮފީސްތަކެއް ހިންގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *