Toursim Minister Mausoom Covid-19 Tourism Industry
ފަހަކަށް އައިސް ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ފޮޓޯ: މިހާރު

މިހާރު ފެށިގެން ކުރިޔަށްދާ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއެކު ރިސޯޓްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް އަރަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހަފްތާއެއް ތެރޭ ރިސޯޓްތަކުން ޖުމްލަ 405 ކޮވިޑް ކޭސް ފެނިފައިވެއެވެ. އެ ހަފްތާ ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ އެކަނިވެސް ރިސޯޓްތަކުން 80 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

މިދިޔަ ހަފްތާގެ އެކި ދުވަސްތަކުގައި ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު:

  • 27 ޑިސެމްބަރު: 50 ކޭސް
  • 28 ޑިސެމްބަރު: 71 ކޭސް
  • 29 ޑިސެމްބަރު: 60 ކޭސް
  • 30 ޑިސެމްބަރު: 27 ކޭސް
  • 31 ޑިސެމްބަރު: 51 ކޭސް
  • 1 ޑިސެމްބަރު: 66 ކޭސް
  • 2 ޑިސެމްބަރު: 80 ކޭސް

ރިސޯޓްތަކުގެ ނަންބަރުތައް މައްޗަށް އަރަމުންދާއިރު، މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ގިނަ ރިސޯޓްތައް މިހާރުވެސް އޮތީ އޮކިއުޕެންސީގެ ނިސްބަތުން ގާތްގަނޑަކަށް ފުރިފައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވީނަމަވެސް، ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވެނީ ކޮވިޑް-19އަށް ޓެސްޓުކޮށް ނެގެޓިވް ނާތީޖާއަކާއެކުގައެވެ. އަދި ރާއްޖެ އެތެރެވުމަށްފަހުވެސް ކޮވިޑް ޓެސްޓުކުރަން ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން ލާޒިމުކުރެއެވެ.

ރިސޯޓްތަކުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުންވެސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް މިފަހަކަށް އައިސް މައްޗަށް އަރާކަން ފާހަގަކުރެވެއެވެ. އެގޮތުން ރާއްޖޭން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާކަމަށް ރިޕޯޓްކުރާ އަދަދު 100އިން މަތީގައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެއެވެ.

އެންމެފަހުން 100 އިން ދަށުގެ އަދަދެއްގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގައެވެ. އެދުވަހު ރިޕޯޓްކޮށްފައިވަނީ 55 ކޭސްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *