މާލޭގެ ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެޔަކުން މީހަކު ވެއްޓުނުކަމުގެ މައުލޫމާތު ރޭ ނުވައެއް ޖަހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
އެ ހާދިސާގައި ވެއްޓިފައި އޮއްވާ ފެނުނީ 44 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެމީހާ ނިޔާވެފައިވާކަމަށް ސީންއަށް އެޓެންޑްވި ފުލުހުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.