ބައްޕައަކު 21 އަހަރުގެ އަންހެން ދަރިފުޅަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ، ހުޅުމާޅޭގައި 21 އަހަރުގެ ދިވެހި އަންހެނަކަށް ގެވެށި އަނިޔާކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ.
ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް އޭނަގެ ބައްޕަ ވަނީ ކޮށްފައެވެ. އެގިތުން ކަރަށާއި، މޭކަނޑިގަނޑަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތުލިބެއެވެ.