އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ އެމް-ފައިސާ މެދުވެރިކޮށް މާލޭގެ ހަތަރު ސްކޫލެއްގެ ފީ ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.
އުރީދޫއިން ބުނީ މިހާރު އެމް- ފައިސާ މެދުވެރިކޮށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ކެންގަރޫ ކިޑްސް، ފިންލެންޑް ސްކޫލްގެ އިތުރުން އަމީރު އަހުމަދު ސްކޫލްގެ ފީ ދެއްކޭނެ ކަމަށެވެ.
އެމް- ފައިސާ މެދުވެރިކޮށް ފީ ދައްކާނީ ކިހިނެތް؟
- އެމް-ފައިސާއަށް އުރީދޫ އެޕްލިކޭޝަން އިން ލޮގިންވުމަށްފަަހު، ބޭނުންވާ ސްކޫލެއް އިހްތިޔާރުކުރެވޭނެ
- އެޑްމިޝަން ނަމްބަރާއި ޕިން ޖަހާލުމަށްފަހު ކުރިއަށް ގެންދޭ
- އެންމެ ކުރީގެ ފީ އިހްތިޔާރު ކުރުމަށްފަހު، އޯޓީޕީ ޖަހާލާ
- އެޔަށްފަހު ޕޭމެންޓް ކޮންފާމް ކޮށްލާ
އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން މޯބައިލް ފޯނު މެދުވެރިކޮށް, ފައިސާ ޖަމާކުރުން، ފައިސާ ނެގުން، އެހެން ބޭފުޅުންނަށް ފައިސާ ޓްރާންސްފާ ކުރުމާއި، ވިޔަފާރި ކުރުން ފަދަ ހިދުމަތްތައް ފަސޭހަ ކަމާއިއެކު ލިބެއެވެ.
You can now easily pay fees to @Billabong_High, @kkmaldives, @finlandschoolmv & Ameer Ahmed school from wherever, whenever via m-Faisaa. Contactless, convenient & secure. @islanders_edu
Register to m-Faisaa: https://t.co/XgVUPeaxJT
Have a look at how to easily pay via #mFaisaa pic.twitter.com/Bg1huoc39u
— Ooredoo Maldives (@OoredooMaldives) January 2, 2022
މިފަހުން އުރީދޫއިން ވަނީ އެމް-ފައިސާ މެދުވެރިކޮށް މީރާއަށްވެސް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފައެވެ. އަދި އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތްވެސް އެކުންފުނިން ވަނީ ހަމަޖައްސައިފައެވެ. އުރީދޫގެ އެމް-ފައިސާ އަކީ ފޯނު މެދުވެރިކޮށް ބޭނުންކުރެވޭ އޮންލައިން ވޮލެޓް ނިޒާމެކެވެ.