ރައީސް ސޯލިހު މީގެ ކުރިން ޖަޕާނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އާ އަހަރުގެ ޗުއްޓީ ހޭދަކުރެއްވުމަށް އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ ލަންކާއަށް ވަޑައިގަތީ މީގެ ތިން ދުވަސްކުރިންނެވެ. ރައިސް އޮފިހުން ބުނި ގޮތުގައި ރައީސް ސޯލިހާއި މެޑަމް ފަޒްނާ ވަނީ ދަތުރު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގައެވެ.

އާ އަހަރާ ދިމާކޮށް އެމަނިކުފާނު މިފަހަރު ލަންކާއަށް ވަޑާގަންނެވިއިރު މީގެ ކުރިންވެސް ބައެއް ޗުއްޓީތަކުގައި އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ ވަނީ ލަންކާއަސް މީގެ ކުރިން ޒިޔާރަތްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *