އެމްއެންޑީއެފް ކޯސްގާޑްގެ އުޅަނދެއް މާލެ ފަޅުގައި -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން އިއްޔެ މޫދަށް ފޭބި ޒުވާނާ އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ އިއްޔެ ހެނދުނު 9 ޖަހާކަންހާއިރުއެވެ. އެމީހާ ގެއްލުނީ ގުޅީފަޅު ކައިރިއަށް ފޭބުމަށްފަހު އޮޔާއެކު ވާދޫ ކަނޑުން ހުޅަނގަށް ދަމައިގަތުމަށްފަހުކަމަށް އެމްއެންޑީއެފަށް އޭރު މައުލޫމާތު ލިބުނެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ކުމުންދުއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ހަސަން ޝުރޭހުއެވެ. އޭނާ އޮޔާ ދަމައިގަތްއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އެންމެ ފަހުން ރޭ ދިން މައުލޫމާތުތަކަށް ބަލާއިރު، ޝުރޭހު ހޯދުމަށް ސިފައިންގެ ޑައިވަރުން ވަނީ 55،000 މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލައި، 36،000 މީޓަރުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންވެސް ބަލައިފައެވެ.

ކޯސްޓްގާޑުން ދަނީ އަދިވެސް އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *