އުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސެއް ނިޔާވެއްޖެއެވެ.

އުމްރާގެ އަޅުކަން އަދާކުރަމުންދަނިކޮށް ނިޔާވެފައިވަނީ،  ނ.ހޮޅުދޫ، ސާދާގެ، ހާމިދު މުހައްމަދެވެ.  ހާމިދު ނިޔާވެފައިވަނީ ރޭ ދަންވަރު 2:15ގައެވެ.

ކޮވިޑްގެ ސަބަބުން އުމްރާ ކުރުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލިތާ ގާތްގަޑަކަށް 7 މަސް ދުވަސް ފަހުން ހަރަމްފުޅު ހުޅުވާލީ 2020 ވަނަ އަހަރުގެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މައްކާއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އުމްރާ ކުރުމަށް ދަތުރުކުރެއެވެ. މިދިޔަ އަހަރު 19 މިލިއަން މީހުން އުމްރާގެ އަޅުކަންތައް ފުރިހަމަ ކޮށްފައިވެއެވެ. މިހާރު ހަރަމްފުޅުގައި އުމްރާ ކުރެވެނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.

އުމްރާގެ އަޅުކަމަށްދާ މީހުންނަށް ސައުދީ އަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުމުންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިހާރު 37 ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *