ޑިސެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 300 ޕްރައިވެޓް ޖެޓް އައިސްފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޑިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އާންމުކޮށް ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ޔޫރަޕްގެ ފިނި މޫސުންކަމުން، ގިނަ އަދަދެއްގެ މުއްސަނދިން އެމީހުންގެ ޖެޓްތަކުގައި ރާއްޖެ އާދެއެވެ. އެމްއޭސީއެލްއިން ބުނީ، މި މަހުގެ އެކަކުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް 300 އަށް ވުރެ ޕްރައިވެޓް ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާކަމަށެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު އެކަނި ވެސް 35 ޖެޓު ރާއްޖެ އައިސްފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1,312,706 ފަތުރުވެރިން ޒިޔާތަރަށްކޮށްފައިވެއެވެ. މިއީ މިއަހަރު ޒިޔާރަތްކުރާނެކަމަށް ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *