ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުން ލާމަރުކަޒު ކުރުން ވަކި ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދަނީ، އެ ކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައް ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު އިފްތިތާޙު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޚިދުމަތް އަވަސް ކުރުމަށާއި ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާއިރު ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމުގައި ވިދާޅުވިއެވެ.  އެގޮތުން ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ބަދަލުވެގެން ދިއުމަކީ މުޅި ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ފުރިހަމަކަމެއް ގެނުވާނޭ އެއް ކަންތައް ކަމުގައި ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބުރައީސްގެ ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތައް އެކިއެކި ދުވަސްވަރު ހިނގަމުން އަންނައިރު، މިކަމަށް ދެވިފައޮތް ސަމާލުކަން ކުޑަ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސިވިލް ސަރވިސް މުވައްޒަފުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމު ހިންގުން ކަމަށާއި އެ ފަރާތްތަކަށް މަސައްކަތްތައް ހިންގުމަށް އެންމެ ފަސޭހަގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް، ފަސޭހަ ޚިދުމަތްތައް ލިބޭނެ މަގުފަހި ކުރުމަކީ ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ އައު ވެބްސައިޓް ތަޢާރަފުކުރުމާއެކު، ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢާގުޅޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއިން ސިވިލް ސަރިވިސްގެ ވިއުގައިގެ ތެރެއިން ދެމުން ގެންދާ ޚިދުމަތްތައް ސަރުކާރުގެ ލާމަރުކަޒީ ކުރުމުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިން ވަކިވަކި އިދާރާތަކުން ޚިދުމަތް ދިނުމަށް މަގުފަހި ކުރެވިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *