Front line workers
ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭ ސިއްހީ ހިދުމަތްތެރިންތަކެއް ފޮޓޯ: އެޗްއީއޯސީ

އައިޖީއެމްއެޗް އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރި ނަރުހުންނަށް ފްރޮންޓްލައިން އެލަވަންސް ނުދޭ މައްސަލަ ބޮޑުވެއްޖެއެވެ.

މޯލްޑިވްސް ނާސިން އެސޯސިއޭޝަން (އެމްއެންއޭ)ގެ އޮފިޝަލަކު "ޖަޒީރާ" އަށް މައުލޫމާތު ދެއްވި ގޮތުގައި 2020 ނޮވެމްބަރު މަހުން ފެށިގެން 2021 އޮކްޓޯބަރުމަހުގެ ނިޔަލަށް ނަރުހުން ފްރޮންޓްލައިގައި މަސައްކަތްކުރި ދުވަސްތަކަށް އެލަވަންސް ދީފައި ނުވާ ކަމަށެވެ.

އަދި ހެލްތް މިނިސްޓްރީގެ ގައިޑްލައިނުގައިވާގޮތުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް ބަލިމީހުންނާ ސީދާގޮތުން ބައްދަލުވާ މީހުން ދާނީ ހައި ރިސްކަށް ކަން ފާހަގަކޮށް އޭނާ ވިދާޅުވީ ނަރުހުންނަކީ ކޮވިޑް ބަލިމީހުންނާ އެންމެ ގާތުން މަސައްކަތް ކުރާ މީހުން ކަމަށެވެ. އެހެންކަމުން ގައިޑްލައިންގައިވާ ގޮތަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ލިބެނެ ޖެހޭ ކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗް އަދި އެޗްއެމްއެފްގައި މަސައްކަތްކުރާ ޕެރެމެޑިކްސް ޓީމުތަކާއި، ޑޮކްޓަރުންނާއި ހޮސްޕިޓަލުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކަށް އެލަވަންސް ޖަމާވާން ޖެހޭގޮތަށް ޖަމާވިއެވެ. ނަމަވެސް ބައެއް ނަރުހުންނަށް އެއްގޮތަކަށް ވެސް އެލަވަންސް ޖަމާ ނުވާއިރު، އަނެއްބަިއ ނަރުހުންނަށް 11 މަސް ދުވަހުގެ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ މިންވަރެއް ޖަމާވިއެވެ.

މިއީ ނަރސެސް އެސޯސިއޭޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިކަމުގައި ރަސްމީކޮށް އަދި އެއްވެސް ފަރާތަކާ މަޝްވަރާކޮށްފައި ނުވި ނަމަވެސް އީމެއިލް މެދުވެރިކޮށް މިކަމުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، މިކަމަށް ހައްލު ހޯދައިދޭން އެދިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *