ސިނަމާލެ ބްރިޖުން މީހުން ފައިބައިގެން އަންނަ މަންޒަރު -- ފޮޓޯ: އިފާޒް / ޖަޒީރާ

ރާއްޖެއިން މިދިޔަ ހަފްތާ ތެރޭ ޖުމްލަ 1096 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ގިނަ ކޭސްތަކަކީ އަތޮޅުތެރޭ ރަށްތަކުން ފެނުނު ކޭސްތަކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ ހަފްތާތެރޭ (ޑިސެމްބަރު 24-30) އާ ހަމަޔަށް އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 1096 ކޭސް ރާއްޖެއިން ފެނުނުއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވި 329 މީހެކެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 446 ގައެވެ. އޭގެ އިތުރުން ރިސޯޓްތަކުން 304 މީހަކު ޕޮޒިޓިވްވެފައި ވާއިރު ސަފާރީފަދަ ކަނޑުމަތީގެ އުޅަނދުތަކުން ވެސް 7 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އެ މުއްދަތުގައި ރާއްޖެއިން ވަނީ ޖުމްލަ 27،976 ސާމްޕަލް ބައްޔަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 10،533 ސާމްޕަލް ހިމެނެއެވެ. މުޅި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވިޓީ ރޭޓް ހުރީ 3.9 ޕަސަންޓުގައެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވީ ނެގި ސާމްޕަލްތަކުގެ 3.1 ޕަސަންޓް މީހުންނެވެ.

ކޮވިޑަށް މިވަގުތު ފަރުވާކުރަމުންދާ މީހުންގެ އަދަދު ނުވަތަ އެކްޓިވް 2،223 ކޭސް މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 18 މީހަކަށް ފަރުވާ ދެމުންދާއިރު، ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 262 އަށް އަރާފައެވެ. މިދިޔަ ހަފްތާ ތެރޭ ކޮވިޑުގައި މަރުވީ އެންމެ މީހެކެވެ.

ކޮވިޑުގެ އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިދިޔަ އަހަރުގެ މާޗު މަސްތެރޭގައެވެ. އެ ފަހުން ޖުމްލަ 95،540 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 93،042 މީހަކު ކޮވިޑުން ރަނގަޅުވިއިރު، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް އެހެން ސަބަބުތަކާ ހެދިވެސް 13 މީހަކު ވަނީ މަރުވެފައެވެ.

މިވަގުތު މޮނިޓަރިންގެ ހަލަތަށް ލާފައިވާ ރަށްތަކަށް ބަލާލާއިރު، ޖުމްލަ 16 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. އޭގެ ތެރެއިން ވޭތުވެދިޔަ ހަފްތާތެރޭގައި މޮނިޓަރިންއަށް ލާފައި ވަނީ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ގދ. ހޯޑެއްދޫގެ އިތުރުން ގދ. ގައްދޫ އަދި ކ. މާފުށްޓެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *