ޒަކާތް ބެހުން ކުރިޔަށް ދަނީ. ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 85 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށެވެ.  އަދި މިއީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށްވެސް މިނިސްޓަރު ޒާހިރު ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑައެޅިގޮތުގައި މި އަހަރު މުދަލު ޒަކާތުގެ ނިސާބަކީ 6961.50 ރުފިޔާއެވެ.

މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލަށް ރިއާޔަތްކޮށް އެ އަގުތަކާއި ގުޅުވައިގެންނެވެ. ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ އިސްލާމް ދީނުގައި ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *