އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން

އައްޑޫ ފްލައިން ސްކޫލުގައި ޕައިލެޓްކަން ކިޔެވި ދަރިވަރުން، އަލަށް އުފެއްދި އޭވިއޭޝަން އެކެޑަމީއަށް ބަދަލުވާން ސަރުކާރުން އެހީވާން ނިންމައިފިއެވެ.

މިއަދު ހަޔަރ އެޑިއުކޭޝަން މިިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގައި ޕައިލެޓްކަން ކިޔެވި ދަރިވަރުން އޭވިއޭޝަން އެކެޑަމީއަށް ބަދަލުވާއިރު ރިފްރެޝަރ ކޯހެއް ހިންގަން ޖެހޭ ކަމަށެވެ.

މި ރިފްރެޝަރ ކޯހުގެ ބޭނުމަކީ ދަރިވަރުން ކޯސް ނިންމުމަށް ބޭނުންވާނެ ބައިތައް ދެނެގަނތުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މި ކޯސް ހިންގަނީ އޭއޭއޭގައި ދަރިވަރުން ފްލައި ނުކުރާތާ ގިނަ ދުވަސްވެ، ތިއަރީ ނަހަދާތާ ގިނަ ދުވަސްވެފައި ހުރުމުންނެވެ. މިނިސްޓަރު ވިދާޅުވީ ދަރިވަރަކު މިހާރު ހުރި ހިސާބު ދެނެގަނެވިގެން ނޫނީ ކޯސް ފުރިހަމަ ކުރަން ކުރަން ޖެހޭ މަސައްކަތް ނޭނގޭނެ ކަމަށެވެ. ރިފްރެޝަރ ކޯހުގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިން ކުރިއަށް ގެންދިއުމަސް ވަނީ ހަމަޖެހިފައެވެ.

މި ރިފްރެޝަރ ކޯހުގެ ފީއެއްގެ ގޮތުގައި ކޮންމެ ދަރިވަރަކަށް 1500 ޑޮލަރު ޗާޖު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މި ރިފްރެޝަރ ކޯހުގެ ފީގެ ގޮތުގައި ދައްކަންޖެހޭ 1500 ޑޮލަރު، ސަރުކާރުން ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޭނެ ކަމަށެވެ. ދެން ކޯހަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދޭނީ އެބައި ނިމުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަން އާއި، މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީ ގުޅިގެން ފްލައިން ސްކޫލް ހިންގަނީ މޯލްޑިވިއަންއާއި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއި ގުޅިގެންނެވެ. އެކަމަށް ޗެކް ރިޕަބްލިކް ހޮވާފައި ވަނީ އޯޕަން ބިޑަކުންނެވެ.

އެ އެކަޑަމީން ކޮންމެ އަހަރަކު ވެސް 80 ދަރިވަރުންނަށް ޖާގަ ދިނުމަށް ނިންމާފައިވާއިރު، އިސްކަން ދެނީ މީގެ ކުރިން އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ކޯސް ފަށައި އެކި ސަބަބުތަކާ ހުރެ ކޯސް ނުނިމި ތިބި ދަރިވަރުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *