މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް 2021ގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޗާޓަޑް އެކައުންޓިން ޕްރޮފެޝަނަލްސް އުފެއްދުމަށް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރތީން 150 ސްކޮލަރޝިޕް އިއުލާކޮށްފިއެވެ.

މި ސްކޮލަރޝިޕްތައް އިއުލާންކޮށްފައި ވަނީ މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ މީހުން ގިނަ ކަމަށެވެ.

އެކައުންޓިން ދާއިރާއިން ސްކޮލަރޝިޕްތައް އިއުލާން ކުރަނީ ދިވެހިން އެ ދާއިރާއިން ތަމްރީނު ކުރުމަށާއި، އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން ނެރުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ޗާޓަޑް އެކައުންޓެންޓްސް ފޯރަމުގައި ރައީސް ސޯލިހް ވިދާޅުވެފައި އެބަވޭ މި ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވާހަކަ. މިއަދު އިއުލާން މިކުރާ ސްކޮލަރޝިޕްތަކަކީ ރައީސް ސޯލިހް އެ ވިދާޅުވާ މަސައްކަތްފުޅުތަކުގެ އެއްބައި

އޭނާ ވިދާޅުވީ 150 ސްކޮލަރޝިޕްގެ ތެރެއިން 50 ސްކޮލަރޝިޕަކީ ޕަބްލިކް ސެކްޓަރ އަށް ހާއްސަކޮށްގެން ތައާރަފުކުރާ ސްކޮލަރޝިޕްތައް ކަމަށާއި، ބާކީ 100 ސްކޮލަރޝިޕް ހާއްސަ ކުރަނީ ޕަރައިވެޓް ސެކްޓަރއަށް ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މި ސްކޮލަރޝިޕް ސްކީމް އިއުލާންކުރަނީ ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށެވެ. އޭގެ ތެރޭގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލާއި ސީމާ ސެޓްފިކެޓް ލެވެލަށް ކުރިމަތިލައިގެން ޗާޓަޑް އެކައުންޓެންޓުންނަށް ވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްކޮލަރޝިޕުން ދަރިވަރުންނަށް ދޭނެ އިނާޔަތްތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކުރުމުގެ ފީ، އެނުއަލް ސަބްސްކްރިޕްޝަން ފީ، އެގްޒެމްޕްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޕްޝަން ފީ އަދި އެގްޒާމް ފީގެ އިތުރުން ބުކް އެލަވަންސެވެ. ހަމައެއާއެކު ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ކޮލެޖު/ޔުނިވަރސިޓީއަކުން ކިޔަވާނަމަ އެތަނަކަށް ދައްކަންޖެހޭ ޓިއުޝަން ފީ ވެސް މި ސްކޮލަރޝިޕްގެ ދަށުން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ކޮލެޖު/ޔުނިވަރސިޓީއަކަށް ހާޒިރުނުވެ ކިޔަވާނަމަ އެތަނަކަށް ދައްކަން ޖެހޭ ޓިއުޝަން ފީ ދައްކަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން، ރާއްޖޭގައި ޚިދުމަތް ކުރުމަށް ދެ އަހަރުގެ މުއްދަތަށް ބޮންޑު ކުރާނެއެވެ. މި ސްކޮލާޝިޕަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު، ޖެނުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *