މާލޭގައި ބާއްވަމުންދާ ނައިޓް މާކެޓް ؛ ފެންނަނީ ގައިދުރުކަމެއް ނެތި ގިނަ ބަޔަކު އެއްތަނަކަށް ތޮށްޖެހިފައިވާ މަންޒަރު -- ފޮޓޯ: ޕީއެސްއެމް ނިއުސް

މާލޭގައި ނައިޓް މާކެޓްތައް ބޭއްވުން މަނާކޮށްފައި ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

"ޖަޒީރާ" އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ މީހުން އެއްވެގެން ބާއްވާ، ނައިޓް މާކެޓް ފަދަ ހަރަކާތްތައް މަނާކޮށްފައި ނުވާނެ ކަމަށާއި، އެފަދަ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސް ކުރީ ކަމަށެވެ.

އަދި މިއީ ހައިރިސްކް ހަރަކާތަކަށް ވާއިރު، މިކަމުގައި އެޗްޕީއޭއިން އަމަލު ކުރާނީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯންގެ ކޭސްތައް ރާއްޖެއިން ވެސް ފެންނަމުން ދިއުމާ ގުޅިގެން މާލޭގައި ފިޔަވަޅުތައް ވަރުގަދަ ކުރުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ކޮންމެ ހަފްތާއަކު ސިޓުއޭޝަން ރިވިއު ކުރަމުންދާއިރު، އޮމިކްރޯން ކޭސްތައް ފެނުމާގުޅިގެން ދަނީ ރިސްކް އެސެސްމަންޓެއް ހަދަމުންނެވެ.

އޮމިކްރޯންގެ ކޭސްތައް ދެނެގަނެވޭނީ ޕޮޒިޓިވްވާ ސާމްޕަލްތަކުގެ ޖީން ސީކުއެންސިން ހެދުމުންނެވެ. އެގޮތުން އެ ޚިދުމަތް ރާއްޖޭގައި ގާއިމް ކުރުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެޗްޕީއޭއިން މިއަދު ބުނީ، ޖީން ސީކުއެންސިން ހެދުމަށްޓަކައި މީހުން ތަމްރީނު ކުރަމުންދާ ކަމަށާއި، ތަމްރީނު ފުރިހަމަކޮށް ޓީމް އެނބުރި އައުމުން ސެޓްއަޕް ހެދުމަށްފަހު ރާއްޖޭގައި ޖީން ސީކުއެންސިން ހަދަން ފަށާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *