ކޮވިޑް ވެކްސިން.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާ މީހުުންގެ އަދަދު 25,000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 396,745 މީހަކު ވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 367,346 މީހަކު ޖަހާފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 25,584 މީހެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 64 މީހެކެވެ. އަދި 152 މީހަކު ދެވަނަ ޑޯޒް ޖަހާފައި ވާއިރު 481 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝީލްޑް/ އެސްޓްރަޒެނެކާ، ސިނޮފާރމް އަދި ފައިޒާ ހިމެނޭހެން ކޮވިޑް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ފުރިހަމަވެފައިވާ މީހުންނެވެ. މިވަގުތު ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލަފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އަދި ހައި ރިސްކް ބަލި ހުންނަ އެކަންޏެވެ.

ކޮވިޑްގެ އާ ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހަން މި މަހުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއަށް މިފަހުން ގެނައި ފައިޒާ ވެކްސިނާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް އުޅޭތީ އެކަން އަދި ފެށިފައެއް ނުވެއެވެ. ސިރިންޖު ލިބުމުގެ ދަތިކަން އެހެން ބައެއް ގައުމުތަކަށްވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނީ ސިރިންޖު ލިބި، އެހެނިހެން ތައްޔާރީތައް ނިމުމުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *