ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނުރަސްމީ ފަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން ލަންކާއަށް ކުރައްވާ އެ ދަތުރުފުޅަކީ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދެކަނބަލުން ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިފެށޭ ޖެނުއަރީ ދެވަނަ ދުވަހުއެވެ.
ރައީސް ސޯލިހްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަނީ ލަންކާގައެވެ. އާ އަހަރާ ދިމާކޮށް އެމަނިކުފާނު ލަންކާއަށް ވަޑާގަންނަވާއިރު މީގެ ކުރިންވެސް ބައެއް ޗުއްޓީތަކުގައި އެމަނިކުފާނުގެ ދެކަނބަލުން ލަންކާއަށް ނުރަސްމީ ދަތުރުފުޅު ކުރައްވާކަން ފާހަގަކޮށްލެވެއެވެ.