މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ބަޔަކާ ހަވާލުކުރުން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ހަވާލުކޮށް އެކަމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މަނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައި ވަނީ 132،000 އަކަފޫޓުގެ ބިމެކެވެ. އެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ސޮއި ކުރީ ސޮޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ އެއްބަސްވުމުގެ ދަށުން މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީކުރާ އެ ގެސްޓްހައުސް ހުޅުވާނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ސްޓޯން ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *