މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކުރިމަގެއްގޮތުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކުރިމަގެއްގޮތުގައިކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެމީހަކު ލޯބިވާ ފަސްގަނޑުގައި އެމީހެއްގެ އާއިލާއާއެކު ދިރިއުޅުމަށް ފުރުޞަތު ތަނަވަސްކޮށްދިނުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ލޯފަންކުދިން ތަޢުލީމީ ނިޒާމަށް ވެއްދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ނައިބުރައީސް ވަނީ އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހަޔާތުގައި ކާމިޔާބު މީހަކަށް ވުމުގައި އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތައްވެސް އަޑުއެހުންތެރިންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކުޑައިރުގެ ދިރިއުޅުއްވުމާ ސްކޫލު ދައުރުގެ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބައެއް އާއިލާ މެންބަރުންނާއި، އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމަނިކުފާނު ކުޅިވަރުގެ ދާއިރާއަށް ބަހައްޓަވާޝައުޤުވެރިކަން ވަރަށް ތަފްޞީލުކޮށް ޙިއްޞާކުރައްވާފައެވެ. އެގޮތުން ފުޓްބޯޅަ ކުޅުއްވަން ކުޑައިރުއްސުރެ ހުންނަ ޝައުޤުވެރިކަން އެމަނިކުފާނު ޚާއްޞަގޮތެއްގައި ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރަކީ ކިޔެވުމާއެކު ކުރިއަށްގެންދަން މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *