ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް-- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ދިވެހި ރާއްޖެ ތަރައްގީ ކުރުމުގެ ރާސްތާގައި ވަރަށް ކުރިއަށް އާދެވުނު ނަމަވެސް، އެ މަސައްކަތް ނިމެން އަދި ގާތްވެސް ނުވާ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ނުކޮށް ހުރި ހުރިހާ ރަށެއްގައި އެމަސައްކަތް ފެށުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ތަރައްގީގެ ރާސްތާގައޮ ރާއްޖެއަށް ވަރަށް ދުރަށް ދަތުރުކުރެވިފައިވާ ކަމަށެވެ.

ތަރައްގީގެ މަސައްކަތް ނިމެން އަދި ގާތްވެސް ނުވޭ, މި ދިވެހި ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް. އެ ރާސްތާގައި އަޅުގަނޑުމެންނަށް ވަރަށް ދުރަށް އާދެއްވިއްޖެ. އެކަމުގައި އަޅުގަނޑުމެންގެ އެކި ޒަމާންތަކުގައި ޚިދުމަތްކޮށްދެއްވި ވެރިންނަށް އަޅުގަނޑު ޝުކުރުވެރިވާންޖެހޭ.

އަދި ކޮންމެ ފަރާތަކުން ކުރި ކަމެއް ނަމަވެސް، ރަނގަޅު ކަމެއް ނަމަ ބަލައިގަންނަން ޖެހޭކަން ފާހަގަކުރައްވާ އަސްލަން ވިދާޅުވީ އެ އުއްމީދާއި އެކު ކުރިއަށް ދިއުމުން ރާއްޖެއަށް ފެންނާނީ ވަރަށް އުޖާލާ މުސްތަގުބަލެއް ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާ އޭނާ ވަނީ މާޒީއަށް އަލިއަޅުއްވާލައްވާފައެވެ.

ފަތިހު ހާގޮވާ، ފަތިހަށް ތެދުވެ އަތިރިއަށް ގޮސް އުޅުނު ރައްޔިތެއް އުޅުނު ގައުމެއް މިއީ. އިސްކުރަކުން ފެން ފޮދެއް ނާންނާނެ. ނުހުންނާނެ އިސްކުރެއް. އިރުއޮއްސުނީމަ ފުޅި ބައްތި ދިއްލާނެ. ކަރާސީނު އަޅައިގެން. އަޅުގަނޑު ފުރަތަމަ މާލެއަށް ހުވަދުއަތޮޅުން ފުރައިގެން އައީ، 8 ދުވަހުން....

އޭނާ އުފަލާއި އެކު ފާހަގަކުރެއްވި ކަމަކީ މިއަދު ރާއްޖޭގައި 24 ގަޑިއިރު މެދުކެނޑުމެއްނެތި ކަރަންޓު ނެތް ރަށެއް ނެތްކަމެވެ. ރަނގަޅަށް ފެނުގެ ޚިދުމަތް ލިބެން އޮތް ކަމެވެ.

މިއަދު ސޮއިކުރެވިގެންދިޔައީ 16 ރަށެއްގެ ނަރުދަމާއާއި 23 ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުންތަކުގައެވެ. މިއާއި އެކު، މިހާރު 48 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު 60 ރަށެއްގައި ފެނުގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *