ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ނުކޮށް ހުރި ހުރިހާ ރަށެއްގައި އެމަސައްކަތް ފެށުމަށް އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުން ހަދާފައިވަނީ 16 ރަށެއްގެ ނަރުދަމާއާއި 23 ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައެވެ. އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފުރާސްޓްކްޗާއިން މިއަދު ވަނީ ފެނަކައަށް 16 ރަށެއްގެ ފެނުގެ ހިދުމަތާއި ފަސް ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އިތުރުން ސްޓެލްކޯއަށް އެއް ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.

އަދި ސާސް-އީ ކޮންސްޓްރަކްޝަނަށް އެއް ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު ދެ ރަށެއްގެ ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އަދި މާކިޓެކް މޯލްޑިވްސްއާއި ތިން ރަށެއްގެ ފެނުގެ ނިޒާމާއި ދެ ރަށެއްގެ ނަރުދަމާގެ މަސައްކަތްވެސް އެ މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫތަކަށް 920 މިލިއަން ހަރަދުކުރާނެއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށް ވާއިރު، މިހާރުވެސް 48 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު 60 ރަށެއްގައި ފެނުގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *