ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ތިން ޕާޓީއަކުން، އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅައިފިއެވެ.

މިހާތަނަށް އީސީއަށް ފޯމު ހުށަހެޅީ އެމްޑީޕީ، ޕީޕީއެމް އަދި ޕީއެންސީންނެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވަނީ ށ.ފޯކައިދޫ، މުހައްމަދު ރާޝިދެވެ. ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްއެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލީ ރާޝިދު އެކަންޏެވެ. އޭނާގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއެވެ. ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތީ ފަތުހީ އެކަންޏެވެ. އެހެންވެ، އެމްޑީޕީ އެކޭ އެއްގޮތަށް ޕީޕީއެމުން ވެސް ނިންމީ ފަތުހީއަށް ޕާޓީގެ ޓިކެޓު ދިނުމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރައީސްކަން ކުރައްވާ އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އަބްދުލް ހައްނާން އިދުރީސްއެވެ. އެ ޕާޓީން މައުލޫމާތު ދޭ ގޮތުގައި ހަންނާނަކީ މީހުން ބިނާ ކުރުމުގެ ދާއިރާގައި 32 އަހަރު ޚިދުމަތް ކޮށްފައިވާ މީހެކެވެ.

ކޮމަންޑު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. މި އިންތިހާބު އޮންނާނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

އެ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ވޯޓާސް ލިސްޓުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *