މާފުށިވަރު

އދ. މާފުށިވަރު ރިސޯޓް ތަރައްގީކުރުމުގައި ގަވާއިދާއި ޚިލާފުވި މައްސަލައިގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

އީޕީއޭ އިން ބުނީ ޕެރެޑައިސް ކުންފުނި ޖޫރިމަނާކުރީ ރިސޯޓް އިތުރަށް ތަރައްގީ ކުރުމުގައި، ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު، އީއައިއޭ އާއި ޚިލާފަށް މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

އެހެންވެ، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އީޕީއޭ އިން ވަނީ އެ ކުންފުނި 402,500 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައެވެ.

އެ ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އީޕީއޭ އިން ބުނެފައިވާއިރު، މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އެ ރިސޯޓުން ވަނީ އެ ޖޫރިމަނާ ދައްކާފައެވެ.

މީގެކުރިންވެސް އީޕީއޭ އިން ވަނީ އީއައިއޭ އާއި ޚިލާފުވެގެން ރިސޯޓުތައް ޖޫރިމަނާކޮށްފައެވެ. އޭގެ ތެރޭގައި އޮޅުވެލި ބީޗް އެންޑް ސްޕާ، އަދި ގިލިލަންކަން ފުށި ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *