މާފުށީ ހިއްކި ބިމުގައި ބްރިޖް އަޅަން އެމްޓީސީސީއާ ހަވާލުކުރުން -- ޕްލޭނިން މިނިސްޓްރީ

ކ. މާފުށީގައި އަލަށް ހިއްކި ބިމުގައި ކަނެކްޝަން ބްރިޖު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާފުށީގެ ހިއްކި ބިމާއި ޕިކްނިކް އައިލެންޑް އެރަށު ކައުންސިލާ ރަސްމީކޮށް ހަވާލު ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. ހިއްކި ބިމުގައި ބްރިޖުއެޅުމުގެ މަޝްރޫއުގައި ސޮއިކޮށްފައި މިވަނީ އެ ބިން ކައުންސިލާ ހަވާލު ކުރުމަށްފަހުއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، އާދަމް އާޒިމެވެ.

މާފުށީ ހިއްކި ބިމުގައި ބްރިޖް އަޅަން އެމްޓީސީސީއާ ހަވާލުކުރުން -- ޕްލޭނިން މިނިސްޓްރީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއަކީ 35.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާއި ދެމެދު 137 މީޓަރުގެ ބްރިޖެއް ގާއިމްކުރެވިގެންދާނެއެވެ.

މާފުށީގެ ބިން ހިއްކުމާއި ޕިކްނިކް އައިލެންޑް ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. 2019، އޮގަސްޓުގައި ހަވާލުކރުި މާފުށީ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޕިކްނިކް އައިލެންޑްގެ މަސައްކަތް އެމްޓީސީސީން ފެށީ ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. އެމްޓީސީސީން ވަނީ ޑިސެމްބަރު 19 ވަނަ ދުވަހު އެ މަޝްރޫއު ނިންމާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *