ރައީސް ސޯލިހް -- ފޮޓޯ: ރައީސް އޮފީސް

މާފުށީ ހިއްކި ބިމާއި ޕިކްނިކް އައިލެންޑްގެ ބޭނުން މާފުށީ ރައްޔިތުންނަށް ހިފޭނެހެން ސިޔާސަތުތައް ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހް މިކަމަށް އެދިވަޑައިގެންނެވީ މާފުށީ ޕިކްނިކް އައިލެންޑް ރަސްމީކޮށް އެރަށު ކައުންސިލާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ސޯލިހް ވަނީ ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުން ބޭނުންވާގޮތަށް ސިޔާސަތުތައް ކަނޑައަޅަން އިލްތިމާސް ކުރައްވާފައެވެ.

ޕިކްނިކް އައިލެންޑްގެ ބޭނުން ވެސް ރައްޔިތުންނަށް ހިފެން ޖެހޭނެ، ހިއްކި ބިމުގެ މަންފާވެސް، ފައިދާ ވެސް ރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭނެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ސަރުކާރު އައިފަހުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ބޮޑެތި ބާރުަތއް ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިންގުމުގެ ބާރާއި، މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކޮށްލާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާފައިވާއިރު، ރައްޔިތުންނަށް ފައިދާވާނެހެން، މާލީ ގޮތުން ފުދޭނެހެން ކަންކަން ރާވައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *