ކޮވިޑް ޖެހިގެން ގދ. ތިނަދޫގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން -- ފައިލް ފޮޓޯ: ގާފު އޮންލައިން

ކޮވިޑް-19 ޖެހިގެން ތ. ވިލުފުށިން މީހަކު މަރުވެއްޖެއެވެ.

ހްލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ބަލީގައި  މިއަދު ހެނދުނު ތ. ވިލުފުށިން މަރުވީ އުމުރުން 86 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. އަދި އޭނާ މަރުވެފައިވާކަން ތ. ވިލުފުށީ ހެލްތް ސެންޓަރުން ނިންމީ، މިއަދު ހެނދުނު 5:30 ހާއިރުއެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 262 ވަނަ މީހާއެވެ.

ނިމިދިޔަ އޮކްޓޯބަރުމަހު ކޮވިޑްގައި 12 މީހަކު މަރުވެފައިވާއިރު، ނޮވެމްބަރު މަހު ކޮވިޑުގައި މަރުވީ 7 މީހެކެވެ. އަދި މި ހިނގާ ޑިސެމްބަރު މަހު ވެސް 11 މީހަކު މަރުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *