ގުޅިފަޅު.

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގައި ހުރި ބިމެއް ދޫކޮށްލާ ޝަރުތުގެ މަތިން ހުޅުމާލެއާއި ގުޅީފަޅުން ގޯތި ދޭން ސަރުކާރުން ނިންމާފައިވާކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިއަދު 'ޖަޒީރާ' އަށް ވިދާޅުވީ ގުޅީފަޅާއި ހުޅުމާލޭގަ މިހާރު ހުރި ބިންތަކުން އަދި ހިއްކަން ނިންމާފައިވާ އިތުރު ބިންތަކުން މާލެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ގޯތި ދޫކުރާނީ ގޯއްޗަށް އެދޭ ފަރާތްތަކުން މާލޭގައި ހުރި އެމީހެއްގެ ގޯތި ދޫކުރާ މަތިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެގޮތަށް 3،000 އާއި 4،000 އާއި ދެމެދުގެ އަދަދަކަށް ގޯތި ދޫކުރާނެ އެދެތަނުން. އެ ޕްލޭން ތަންފީޒުކުރަން ފަށާނެ ވަރަށް އަވަހަށް. ދެ ތިން މަހެއްވަރު ވާނީ،"

މިނިސްޓަރު އަސްލަމް ވަނީ މާލެ ސަރަހައްދާއި ކައިރިން ބިން ހިއްކައިގެން ގޯތި ދޭން ނިންމާފައިވަނީވެސް ގުޅީފަޅުންކަމަށް މިއަދު ހާމަކުރައްވާފައެވެ. ސަރުކާރުން ވަނީ މީގެ ކުރިން ގުޅީފަޅުން 1،200 ގޯތި ދޫކުރާނެކަމަށް ބުނެފައެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހުންނަކަމުގެ ޝަކުވާއަކީ އެތައް ދުވަހެއްގެ ޝަކުވާއެކެވެ. އަދި ސަރުކާރުން ވަނީ އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެކަމަށް މީގެ ކުރިންވެސް ބުނެފައެވެ.

މިއަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން "ރަށްވެހި ފަތިސް" ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕޭނު ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވިސްނުމެއް ސަރުކާރުގެ އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭރު އެކަމާއި ގުޅިގެން ރައީސް އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

https://jazeera.mv/122787/

އިއްޔެ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުމާލެ ފޭސް ދެކުން 60 ގޯތި ބީލަމުގައި ވިއްކަން އިއުލާންކުރުމާއެކު މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭ މައްސަލަ އަނެއްކާވެސް މިވަނީ މިހާރު ހޫނުވެފައެވެ. އެޗްޑީސީގެ އެ ނިންމުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ފާޑުވިދާޅުވެފައެވެ. ސިޓި ކައުންސިލުން ވަނީ އެޗްޑީސީގެ އެ ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއްކަމަށްވެސް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *