ހެލްތު މޮނިސްޓްރީ ކުރިމަތީގައި ކުރި އިހުތިޖާޖްގެ ތެރެއިން-- ފޮޓޯ: ވޮއިސް

ކޮވިޑުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ވޮލަންޓިއާ ފަރާތްތަކަށް އެލަވަންސް ނުލިބުމުގައި ކުރިމަތިވި މައްސަލަތައް ހައްލުކޮށް އެލަވަންސް ޖަމާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑާއި ގުޅިގެން ނެޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އެއް އުފައްދާ، އެތަނުގައި މަސައްކަތް ކުރާ ވޮލެންޓިއަރުންނަށާއި ސިއްހީ މަސައްކަތްތެރިންނަސް އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް މިފަހަކަށް އައިސް އެލަވަންސް ނުލިބި އެތައް މަހެއް ވެފައިވާކަމަށް ބުނެ ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މީގެކުރިން އެމައްސަލައިގައި އެކި ރަށްރަށުގައި ވަނި އިހުތިޖާޖުވެސް ކޮށްފައެވެ. ބައެއް ވޮލަންތިއަރުން ބުނާގޮތުގައި އެލަވަންސް ނުލިބޭތާ ހަތް މަސް ދުވަސް ވަނީ ފާއިތުވެފައެވެ.

އެކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އައިމިނަތު ޝަތުފާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި މަހުގެ އެލަވަންސް ޖަމާވާ ދުވާހާ ދިމާކޮށް، ބަޔަކު "ކްރެޑިޓް ނެގުމަށް" މުޒާހަރާކުރަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ އެލަވަންސްއަކީ ސަރުކާރުން މާކުރިންވެސް ދޭން ނިންމާފައިވާ އެއްޗެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެލަވަންސް ލިބުން ލަސްވަނީ ޓެކްނިކަލް އިޝޫއަކާއި ގުޅިގެން ކަމަށެވެ.

ޝަތުފާގެ މި ޓުވީޓަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއިރު ބައެއް ފަރާތްތަކުން ވަނީ އެލަވަންސް ނުލިބި އެހާ ގިނަ ދުވަސްވުމަކީ އެއީ ޓެކްނިކަލް މައްސަލައެއްކަމުގައި ގަބޫލުކުރަން ދަތިވާކަމަށެވެ.

މިކަމާ ގުޅޭގޮތުން ޝަތުފާ 'ޖަޒީރާއަށް ވިދާޅުވީ އެލަވަންސް ދޫކުރުން ލަސްވެގެންދިޔައީ އޭރު އޮތް އެންއީއޯސީގެ ދަށުގައި އޮތް ޓެކްނިކަލް ކޮމިޓީ އުވާލުމުން އެކަމުގައި ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުންކަމަށެވެ.

އަދި ބައެއް ވޮލެންޓިއަރުންގެ މައުލޫމާތު ފުރިހަމަ ނުކުރުމުގެ ސަބަބުންނާއި ހުރިހާ ވޮލަންޓިއަރުންގެ މައުލޫމާތު ޑޭޓާބޭސްއަށް އަޅައި މަސައްކަތުގައި ހޭދަކުރި ވަގުތުތައް އެޅުމަށްވެސް މުއްދަތެއް ހޭދަވިކަމަށެވެ.

ނަމަވެސް މިހާރު އެ މަސައްކަތް ނިމިފައިވާކަމަށާއި އެކަމަކު ބައެއް ވޮލަންޓިއަރުންނަށް އެލަވަންސް ނުލިބި ހުރިއްޔާ އެއީ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ވީ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.

ފްރަންޓްލައިން މަސައްކަތްތެރިން ބަހައިލެވިފައިވަނީ ތިން ލެވެލް އަކަށެވެ. އެއީ ހައި ރިސްކު، މީޑިއަމް ރިސްކު އަދި ލޯ ރިސްކެވެ. ހައި ރިސްކް އެލަވެންސް ދެނީ، މަސައްކަތުގެ ގޮތުން ކޮވިޑް-19 ޕޭޝަންޓުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކަށެވެ.

އެފަރާތްކަށް އެލަވެންސްގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ދޫކުރެއެެވެ. މީޑިއަމް ރިސްކު އެލަވެންސް، މަސައްކަތުގެ ގޮތުން ހައި ރިސްކު ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވާނަމަ ދޭއިރު، އެފަރާތްތަކަށް ދޫކުރަނީ ދުވާލަކަށް 250 ރުފިޔާއެވެ.

އަދި ލޯ ރިސްކު އެލަވެންސް، އެޗްއީއޯސީގައި ދުވާލަކު ހަ ގަޑިއިރަށް ވުރެގިނައިރު ލޮގް ކުރެވިފައިވާނަމަ ދޫކުރާއިރު، އެފަރާތްތަކަށް ދޫކުރަނީ ދުވާލަކަށް 200 ރުފިޔާއެވެ.

2
0
0
0
1

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ދޭނެކަމެތްނެތް ދިންވަރު އަދިވެސް މަދީ

ކޮމެންޓް

Your email address will not be published. Required fields are marked *