ތ. ދިޔަމިގިލީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފިއެވެ.

އެ މަސަައްކަތް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރު މުރުޝިދާ އަލިމަނިކެވެ. މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކެޓްރީ އަބްދުލް އަޒީޒް އިސްމާއިލްއެވެ.

އެއް އަހަރު ދުވަހުގެ ތެރޭ އިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ އެ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ  އަންނަ އަހަރުއެވެ.

އެ މަސައްކަތަށް 8.8 މިލިއަން ރުފިޔާ ހޭދަވާނޭކަމަށް ބެލެވޭ އެ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެއެވެ.

މި އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެ މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މިސްކިތުގައި ފާހަނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއްވެސް ޑިޒައިންގައި ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *