އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށްޓަކައި އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ އޭޖެންޓުގެ ގޮތުގައި އައްޔަންކުރާނީ އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައް ކަމަށެވެ. އޭގެއިތުރުން އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށްވެސް އެޖެންޓަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އޭޖެންޓަކަށް ވާން ބޭނުން ފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ފުރުމަށްފަހު އީމެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ނުވަތަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ ކައުންޓަރާއި ވެސް ފޯމު ހަވާލުކުރެވޭނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އަންނަ ޖެނުއަރީގެ 31 ވަނަ ދުވަހުގެ 14:00 އާއި ހަމަޔަށް ފޯމު ބަލައިގަންނާނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހުޅުވާލާފައިވާކަމަށެވެ.  އެ ކުންފުނިން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަކަމާއެކު ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަކީ އެކުންފުނީގެ އަމާޒުކަމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *