މި ސަރުކާރުގެ މިހާތަނަށް އައި އިރު 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

314.8 ކިލޯގެ މަސްތުވާތަކެތި ނައްތާލަން ފުލުހުން މިއަދު ދޫނިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރ އިމްރާން އާއި، ސީޕީ ހަމީދާއި، ފުލުހުންގެ ބައެއް ބޭފުޅުންގެ އިތުރުން އާންމުންވެސް ބައިވެރިވިއެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ މަގުމަތީ އަގު 1.8 ބިލިއަން ރުފިޔާއަށް އަރައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި ރިޑަކްޝަން މި މިންވަރަށް ހަލުވި ކުރެވުނީ، އަވައްޓެރި އަދި އެކުވެރި ގައުމުތަކުގެ އެހީ ބޮޑުކޮށް ލިބޭތީކަމަށެވެ.

ގައުމަށް ދިމާވެފައިވާ މިފަދަ ބޮޑު ވަބާއެއް ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ބަލައިގަނެވިގެންވާކަމެއްވެސް ނޫންކަމަށެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެ އޮތީ މީގެ ކުރިން ސަރުކާރުން ގެންގުޅެފައި ހުރި ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި މި ސަރުކާރުން މިހާރު ކުރަމުން މި އަންނަނީ ފާއިތުވީ 50 އަހަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ބަވާ ނައްތާލުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި އެކި އޮޕަރޭޝަންތައް ކުރިޔަށްގެންގޮސް، ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތީގެ ވިޔަފާރު ކުރާ ގިނަ ފަރާތްތަކުން ހައްޔަރުކޮށްފައިވެސްވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *