އަރިއަތޮޅު އުތުރުބުރިއަށް ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މާފުށި ކައިރިން ތަރައްގީ ކުރި ޕިކްނިކް އައިލެންޑް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކ. މާފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެއް ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ސޯލިހު  މާފުށި ކައިރިން ތަރައްގީކުރި ޕިކްނިކް އައިލެންޑް އެރަށު ކައުންސިލާއި ހަވާލުކުރައްވާނެ ކަމަށެވެ. އަދި އެދަތުރުފުޅުގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.

މާފުށީގައި ޕިކްނިކް އައިލެންޑެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންމެޕެނީ (އެމްޓީސީސީ) އިން ނެވެ.

އެ މަޝްރޫއަކީ އެމްޓީސީސީން ތަރައްގީކުރި އެފަދަ ތިންވަނަ ޕިކްނިކް އައިލެންޑް މަޝްރޫއެވެ. އެ މަޝްރޫއަށް ޖުމްލަ 10.8 މިލިއަން ރުފިޔާގެ ހަރަދުކޮށްފައިވެއެވެ. އެމަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *