ރާއްޖެއަށް މިއަހަރު ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފިއެވެ.
1.3 މިލިއަން ވަނަ ފަތުރުވެރިއާ އަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު،
އެގޮތުން ރޯމާނިއާއަށް ނިސްބަތްވާ ކޮންސްޓެންޓިން ސްޓެލިއަން އެމިލް އަށް ވީއޭއިން މަރުހަބާކިއުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭނާ ރާއްޖެ އައީ އާއިލާއާއި އެކުއެވެ.
2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރިއެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން 2020 ވަނަ އަހަރު ސުމަކަށް ވެއްޓުމަށްފަހު މިހާރު ވަނީ ކުރިއަރަން ފަށާފައެވެ. އެގޮތުން އެ އަހަރު ޒިޔާރާތްކުރީ 555،494 ފަތުރުވެރިންނެވެ.
2019 ވަނަ އަހަރަށްވުރެ ގިނަ ބެޑް ނައިޓްސް މިއަހަރު މިހާތަނަށް ކާމިޔާބުކޮށްފައިވާއިރު މިމަހު 15 ވަނަ ދުވަހު ވަނީ އެ ރިކޯޑް މުގުރާލާ، ރިކޯޑް އައުކޮށްފައެވެ. މިއާއެކު މިހާރު ހުރި ޓްރެންޑުގައި ކުރިއަށް ގޮސް، 2021 ވަނަ އަހަރު ނިމޭއިރަށް 11 މިލިއަން ބެޑްނައިޓްސް ކާމިޔާބު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.