ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލްމަރުހޫމް އުމަރު ޒާހިރުގެ  ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.

އުމަރު ޒާހިރުގެ ތައުޒޔާގެ ދަފްތަރު ބަހައްޓާފައި ވަނީ ނޭޝަނަލް އާޓް ގެލަރީގައެވެ. މި ދަފްތަރުގައި ދައުލަތުގެ ގިނަ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ސޮއިކުރައްވާފައިވެއެވެ.

އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސަރުކާރުގެ އެކި ފަންތީގެ އެކި މަގާމުތައް ފުރުއްވުމުގައި އެމަނިކުފާނު 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ދެމިހުންނެވިއެވެ. ހޯމް މިނިސްޓަރު، ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަމުގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތަކާއި، އަތޮޅުތެރޭގެ ތަރައްގީގެ ގިނަ މަސައްކަތެއްގެވެސް މޭސްތިރިއަކީ އުމަރު ޒާހިރެވެ. އެމަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *