މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއަށް ހުށަހަޅާފައި ވަނީ، މާރުކޭޓު ގޮޅިތައް ދޫކުރުމުގައި ނުފޫޒުގެ ބޭނުން ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެކެވެ.

ނަރީޝްގެ މައްސަލައެއް އޭސީސީން ބަލަމުންދާކަން އެ ކޮމިޝަނުން ވަނީ "ޖަޒީރާ" އަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.

އާ ސިޓީ ކައުންސިލް ހޮވުނުފަހުން މަރުކޭޓު ގޮޅި ދޫކޮށްފައި ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ ކުލީގެ މުއްދަތު ހަމަވުމުންނެވެ. އެގޮތުން އަލުން ދޫކުރަން ހުޅުވާލީ 449 ގޮޅިކަން ފާހަގަކޮށްލެވެއެވެ.

މާރުކޭޓު ގޮޅި ދޫކުރުމުގައި ނަރީޝް ނުފޫޒުގެ ބޭނުން ކުރި ކަމަށްބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، މިދިޔަ ޖުލައި މަސް ތެރޭގައި މާލެ ސިޓީ ކައުންސިލުގެ ކުރީގެ މީޑިއާ އޮފިސަރ އަދި އެމްޑީޕީ އެކްޓިވިސްޓް އައިޝަތު ޝަތުފާ ވަނީ މާރުކޭޓު ގޮޅީގައި އުޅޭ މީހުންގެ ފަރާތުން އޭނާއަށް ޝަކުވާތައް ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ. ޝަތުފާ ވިދާޅުވީ، މަރުކޭޓު ގޮޅިތަކުގައި ތިބި މީހުންގެ ފަރާތުން ލިބެމުންދާ ޝަކުވާއަކީ، އެމީހުންނަށް ދެން މަރުކޭޓު ގޮޅި ލިބޭނީ ޕީޕީއެމް އަށް ސޮއި ކުރުމުން ކަމަށް ޕީޕީއެމްގެ ބައެއް މެންބަރުން އަންގަމުންދާ ކަމަށެވެ.

އޭރު މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަމަށް ރައްދު ދެއްވާފައެވެ. ޑރ. މުއިއްޒު ވިދާޅުވީ، މާރުކޭޓު ގޮޅިތަކާއި ޕާރކިން ސްލޮޓްތައް ކުއްޔަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތެއް އާންމުކޮށް ފެންނާނެ ގޮތަށް، ދެފުށްފެންނަ ގޮތަށް ކަމަށެވެ. އަދި ގުރުއަތު ނަގަން ޖެހިއްޖެނަމަ އެކަން ކުރިއަށް ގެންދާނީ ޓީވީ އިން ލައިވްކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *