ފަތުރުވެރިން ރާއްޖެ އައުން -- ފޮޓޯ: ސަން
މިއަހަރު އެއް ދުވަހަކަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މިމަހުގެ 18 ވަނަ ދުވަހުކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ، އެދުވަހު 6،955 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 19 ވަނަ ދުވަހުގައެވެ. އެދުވަހު 6،715 ފަތުރުވެރިންނެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަސްތައް:
  • 05 ޑިސެމްބަރު - 6،296
  • 16 އޮކްޓޯބަރު - 6،197
  • 07 އޮގްސްޓު - 6،083

އައު ރެކޯޑާއި އެކު މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ، 1،294،492 އަށް އަރާފައެވެ.  މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. އަދި ރެކޯޑް އަދަދަކަށް ރާއްޖެ ފަތުރުވެރިން ޒިޔާރަތްކުރި 2020 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،702،887 ފަތުރުވެރިންނެވެ.

މިއަހަރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަސްތައް:

  • ނޮވެމްބަރު މަސް: 144،725 ފަތުރުވެރިން
  • އޮގަސްޓު މަސް: 143،599 ފަތުރުވެރިން
  • އޮކްޓޯބަރު މަސް: 142،066 ފަތުރުވެރިން
  • ސެޕްޓެމްބަރު މަސް: 114،896 ފަތުރުވެރިން

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 286،434 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ ދެވަނާގައި އޮތް ރަޝިޔާއިން 214،232 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން ޖަރުމަނުވިލާތުން 90،732 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 916 ތަނެއް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ 161 ރިސޯޓާއި، 612 ގެސްޓްހައުސްގެ އިތުރުން 143 ސަފާރީއެވެ.  މިއީ 52,922 ބެޑް ކެޕޭސިޓީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *