މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ނިންމި ނިންމުން ބަދަލުކޮށް ވާދަ ނުކުރާނެ ކަން އިއުލާން ކޮށްފިއެވެ.

އެ ޕާޓީން ބައި އިލެކްޝަނުގައި ވާދަކުރަން ނިންމާ އެކަން އިއުލާންކުރީ މީގެ ދެ ދުވަސްކުރިންނެވެ. އޭރު އެ ޕާޓީން ހުޅުވާލީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު، އެ ޕާޓީން މިއަދު ކުރި އިއުލާނުގައި ބުނީ މިހާރު އެ ޕާޓީން އިލެކްޝަނުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތާވަލްކޮށްފައިވާއިރު، އެ އިންތިހާބުގައި ވާދަކުރުމަށް ނިންމާ މިހާތަނަށް އެކަން އިއުލާންކޮށްފައި ވަނީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމް އިންނެވެ. އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 އަށް ހަމަވާއިރު އަދި މިހާތަނަށް ފޯމު ހުށަހެޅީ އެމްއެންޕީގެ ކެންޑިޑޭޓު އެކަންނެވެ. އެހެން ޕާޓީތަކުން ވެސް ވަނީ ކެންޑިޑޭޓެއް ނެރެ އެކަން އާންމުކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖައްސާފައި ވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *