މޯލްޑިވިއަން އާއި އެމްއެންޔޫ ގުޅިގެން ހިންގާ ފްލައިން ސްކޫލަށް ކުންފުންޏެއް އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކުރުން----

މޯލްޑިވިއަންއާއި، މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އިން ގުޅިގެން ހިންގާ މޯލްޑިވިއަން ފްލައިން ސްކޫލް މާދަމާ ހުޅުވާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ފްލައިން ސްކޫލް ހިންގަން މޯލްޑިވިއަން އާއި އެމްއެންޔޫ އިން ވަނީ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަން ނިންމާފައެވެ. މި ސްކޫލް މާދަމާ ހުޅުވަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފައިވާއިރު، ފްލައިން ސްކޫލް ހިންގަނީ މޯލްޑިވިއަންއާއި ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއި ގުޅިގެންނެވެ. އެކަމަށް ޗެކް ރިޕަބްލިކް ހޮވާފައި ވަނީ އޯޕަން ބިޑަކުންނެވެ.

މި ސްކޫލް ހުޅުވަން ތައްޔާރުވެފައިވާއިރު، އެތަން ހެދުމަށް ދެ މިލިއަން ޑޮލަރު އިންވެސްޓުކުރާނެ ކަމަށް އެމްއެންޔޫ އިން ބުނެފައިވެއެވެ. އެގޮތުން ސްކޫލަށް ބޭނުންވާ މަތިންދާބޯޓާއި އެހެނިހެން ތަކެތި ހޯދުމަށް އެވަރަށް ފައިސާ ހަރަދުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭރު ބުނެފައިވެއެވެ.

މި ފްލައިން ސްކޫލް ހިންގަން ހަމަޖައްސާފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ވެފައިވާ އެއްބަސްވުމުގައިވާގޮތުން ފްލައިން ސްކޫލުގެ ބޭނުމަށް، ގަން އެއާޕޯޓުގައި ހުންނަ ހެނގަރާއި އޮފީސް އިމާރާތެއް ކުއްޔަށް ނަގާނެއެވެ.

އައްޑޫގައި ހިންގާ ފްލައިން ސްކޫލް މޯލްޑިވިއަންއާ ހަވާލުކޮށްފައިވަނީ މިދިޔަ 12 އަހަރު އެތަނުގައި ފްލައިން ސްކޫލް ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ބޮޑެތި އިހުމާލުތަކެއްގެ ސަބަބުން 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ވެ އެ މައްސަލަ ފެންމަތިވެގެންނެވެ. އޭގެ ސަބަބުން ގިނަ ކުދިންގެ ކިޔެވުން މެދުކެނޑިފައިވާއިރު، އައު ފްލައިން ސްކޫލް ހުޅުވައި އިސްކަން ދޭނީ އެކުދިންނަށް ކަމަށް ބުނެފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *