ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކަށް މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދޭނެ ޓަރމިނަލެއް ޢިމާރާތްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް
ޤާއިމުކުރާނެ ކަމަށެވެ. މިމަޝްރއޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދަމުންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެއް ކަމަށް ބުނެފައިވެއެވެ.

އެގޮތުން މިގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓު ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެއް ކަމަށާއި، ބޮޑުކަންނެލީގެ މަސްވެރިކަމާއި
މިނޫންވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގްތިސޯދު ފުޅާކުރުމަށް މި މިޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *