ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމްރިކަންއާ ގުޅިގެން މާދަމާއިން ފެށިގެން ރާއްެޖެއިން ބޭރުން ރާއްޖެ އަންނަން 96 ގަޑި އިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެ އޮތޯރިޓީން އާންމު ކުރި އައު އުސޫލުގައިވާގޮތުން ފަތުރުވެރިން ވެސް ހިމެނޭހެން މާދަމާއިން ފެށިގެން ރާއްޖެ އަންނަ ކޮންމެ މީހެއްގެ އަތުގައި ވެސް ދަތުރު ފަށާ ބަނދަރުން ފުރާފައި 96 ގަޑި އިރު ހަމަ ނުވާ ނެގެޓިވް ޕިސީއާރް ޓެސްޓެއް އޮންނަން ޖެހެއެވެ. އެކަމަކު 1 އަހަރު ނުވާ ކުދިން މި ޓެސްޓު ހަދާކަށް ނުޖެހެއެވެ.
މީގެ އިތުރަށް ރާއްޖެ އަންނަ ފަތުރުވެރިން ނޫން އެހެން އެންމެން ވެސް ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވސް ތެރޭގައި އަނެއްކާ ވެސް ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހެއެވެ. އަދި ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހެއް ނަމަ ރާއްޖެ އައުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. އެ މުއްދަތަށް ފަހު ދޫކޮށްލަނީ ވެސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.