ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ)ގެ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.

ޗެއާމަން މުހައްމަދު ރަޝީދު ވަނީ 50 އަހަރު ދުވަހުގެ ދިގު މުއްދަތެއްގައި ސްޓެލްކޯގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވާފައެވެ. ސްޓެލްކޯއިން ވަނީ މި ހިތާމަވެރި ވަގުތުގައި އެ ކުންފުނީގެ ބޯޑް މެންބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. އަދި މާތް ﷲ މަރުހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި އެ ކުންފުނިން ވަނީ ދުއާކޮށްފައެވެ.

ޗެއާމަން މުހައްމަދު ރަޝީދު ސްޓެލްކޯގެ ހިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖިނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރު މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވިއެވެ. އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، އެ ކުންފުނީގެ ސީއީއޯގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ސްޓެލްކޯގެ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަން ކުރީ ފެބްރުއަރީ 12، 2019 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *